އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލަންކާގެ 5286 މީހުންގެ ގަޔަށް ޖަހައިފި އެވެ.
ލަންކާގެ ސިއްހީ ވުޒާރާއިން ވަނީ އިންޑިއާގެ ވެކްސިން އެގައުމުގައި ދޭން ފަށާފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް ވެކްސިންގެ ސަބަބުން ސިއްހީ މައްސަލައެއް ދިމާވެފައި ނުވާކަމަށް ބުނެފައެވެ.
ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ވަނީ މިއަދު އެގައުމުގެ 1886 ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދީފައިވާކަމަށް ބުނެފައެވެ.
ލަންކާގައި މިއަދު ވެކްސިން ދޭން ފެށިފައިވާއިރު ފުރަތަމަ ވެކްސިން ދީފައިވަނީ އާމީ ހޮސްޕިޓަލުގެ ތިން ސިފައިންނަށެވެ.
އިންޑިއާގެ ސަރުކާރުގެ ވެކްސިން ޕްރޮގްރާމް ''ވެކްސިން މައިތިރި'' ގައި އިންޑިއާއިން ވަނީ ލަންކާއަށް 500،000 ޑޯޒް ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ. ކޮވިޝީލްޑަކީ އިންޑިއާގައި އުފައްދާފައިވާ އޮކްސްފޯޑުގެ އެސްޓްރާޒެނެކާ ވެކްސިން އަށް ދީފައިވާ ނަމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ