އީޔޫ އިން އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުުރުމުގެ ހުއްދަދީފިއެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން ވަނީ އޮކްސްފޯޑުން އުފެއްދި އެސްޓްރާޒެނެކާ ވެކްސިންގެ ޓްރަޔަލް ޓެސްޓުތަކުން ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ރޭޓް 60 އިންސައްތައާ ހަމައަށް ހުރިކަމަށް ބުނެފައެވެ.

އީޔޫ އިން 400 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް އޯޑަރުދީފައިވާ ކަމަށް އީޔޫގެ އޮފިޝަލުން ބުނެފައިވެއެވެ.

އީޔޫ އިން ވަނީ ސްވިޑަންގެ ބޭސް އުފައްދާ ކުންފުންޏަކުން ވެކްސިން ގަތުމަށް ނިންމައިފައެވެ. އީޔޫ އިން ހުއްދަ ދިނުމާއެކު ސްވިޑަންގެ ބްލޮކް އިން ވަނީ ވެކްސިން އުފައްދާ ރޭޓް ހަލުވިކޮށް އަވަސްކުރުމަށް ނިންމައިފައެވެ.

ޔޫކޭ އިން ވެސް ވަނީ އޮކްސްފޯޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މީގެ މަހެއްހާ ދުވަސްކުރިން ދީފައެވެ.