މާލެ ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގދ. އަމަރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ހިބަރު" ނަމަކަށް ކިޔާ ސަޕްލައި ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައިވާ ކަމަށެވެ.

އެ ދޯނީގެ އިންޖީނު ރޫމުގައި ރޯވުމުގެ ސަބަބުން އިންޖީނު ހުއްޓި، އޮޔާދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަޕްލައި ދޯނީގައި ހަ މީހުން ތިބި ކަމަށާއި އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީ ފަޅުވެރިން ކަމަށެވެ. އަދި އެމީހުންނަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ބުންޏެވެ.

އެ ހާދިސާ ހިނގީ ލ. އަތޮޅު ދެކުނުން 38 ނޯޓިކަލް މޭލު ބޭރުންނެވެ.