ތާޖް ކޮރަލް ރިސޯޓުގެ ވޯޓާވިލާގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ތާޖް ކޮރަލް ރިސޯޓްގެ ވޯޓާވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ ޓީމު އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:45 ހާއިރު ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު