ކޯލިޝަން ސަރުކާރު ބައިބައިވުމުން އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިއެވެ.
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވެ ސަރުކާރުން އެޅި ފިޔަވަޅުތައް ފެއިލް ވުމުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ ސިޔާސީ މަޝްރަހު ގޯސްވެ ސަރުކާރުގެ ކޯލިޝަން ޕާޓިތައް ވަނީ ބައިބައި ވެފައެވެ.
ކޯލިޝަން ޕާޓީތައް ސަރުކާރާ ދެކޮޅަށް ތެދުވުމާއެކު ބޮޑުވަޒީރު ގުއިސުއްޕެ ކޮންޓޭ އަށް ވަނީ ސެނެޓްގެ މެޖޯރިޓީ ގެއްލި ސަރުކާރު ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައެވެ.
ބޮޑުވަޒީރު ގުއިސުއްޕެ ކޮންޓޭ ވަނީ އިސްތިއުފާގެ ސިޓީ އެގައުމުގެ ރައީސް އާ ހިއްސާކުރައްވާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިޓަލީގެ ރައީސް މަޓެރެއްލާ އެގައުމުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހު ދެދުވަހެއްގެތެރޭ ސަރުކާރު ކުރިޔަށް ރާވާނެ ގޮތަކާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވެ މަރުވި މީހުންގެ އަދަދު 85،000 އިން މައްޗަށް އަރާފައިވާއިރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ނުވެ ގައުމުގެ އިގްތިސާދަށް ގެއްލުން ވާން ފެށުމާއެކު ސަރުކާރަށް ވަނީ ބޮޑެތި ފިއްތުންތަކެއް ވެސް ކުރިމަތިވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ