މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅެމުންދިޔަ ތިން މީހަކު ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަތުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ޖެންޑާ މިނިސްޓަރީން މިއަދު އެތަނަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުންނާއި ޖެންޑާއިން އެތަނަށް ގޮސް، ފަރުވާ ބޭނުންވާ ތިން މީހަކު ނޭޝަނަލް ޑްރަގް އެޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ވަގުތީ ޑިޓެކްސް ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ އިމާރާތް ސާފުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ އެ މަސައްކަތަށް ފުލުހުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިއެވެ. އެގޮތުން ގިނަ ބަޔަކު ބޯހިޔާވަހިކަމެއް ނެތި، އެކި ތަންތަނުގައި ދިރިއުޅެމުންދާތީ ސަރުކާރުގެ ފަރާތުން ޖެންޑާ މިނިސްޓްރީން އަންނަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު