މޮޑާނާ ވެކްސިން އިން އާވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ސައިންސުވެރިން ބުނެފިއެވެ.
ޔޫކޭގެ އިތުރުން އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އާވޭރިއަންޓާ އެކު ކޮވިޑްގެ ބިޔަ ބޮޑު ރާޅެއްވަނީ އަރައިފައެވެ. ވޭރިއަންޓްގެ ނުރައްކާ ކުޑަ ނަމަވެސް ޑަބްލިއުއެޗްއޯ އިން ވަނީ އާ ވޭރިއަންޓްގެ ސަބަބުން ފެތުރޭ ނިސްބަތް އެތައް ގުނައެއް ހަލުވި ކަމަށް ބުނެފައެވެ.
ވައިރަހާ ދެކޮޅަށް ގިނަ ގައުމުތަކަކުން އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން މޮޑާނާއިން ވަނީ އެކުންފުނީގެ ވެކްސިން އިން އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ލެބޯޓަރީ ޓެސްޓުތަކުން ދައްކާ ކަމަށް ބުނެފައެވެ.
މޮޑާނާ ކުންފުނީގެ ސައިންޓިސްޓުން ވަނީ އެވެކްސިން އިން އެންޓިބޮޑީ އުފައްދާ ނިސްބަތަށް ބަލާއިރު އާ ވޭރިއަންޓާ ދެކޮޅަށް ވެސް ފުރިހަމައަށް މަސައްކަތް ކުރާކަމަށް ބުނެފައެވެ.
މީގެ ކުރިން ޔޫކޭއިން ވަނީ އެގައުމުގައި ފައްޓާފައިވާ ވެކްސިން ޕްރޮގްރާމްގައި ބޭނުން ކުރާ ފައިޒާ ވެކްސިން ވެސް އާވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ