ޓައިވާނުގެ ހޮސްޕިޓަލެއްގެ ކްލާސްޓާއަކާ ގުޅިގެން 5000 އަށްވުރެ ގިނަ މީހުން ކަރަންޓީން ކުރުމަށް އެގައުމުން ނިންމައިފިއެވެ.
ޓައިވާނުގެ ހެލްތު މިނިސްޓަރު ވަނީ އެ ކްލަސްޓާއާ ގުޅޭ 5000 އަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ ގޭގައިކަމަށް ވިދާޅުވެފައެވެ.
ޓައިވާނުން އެގައުމުތެރޭ ކޮވިޑް ފެތުރުން ހުއްޓުވައިފައިވާއިރު ބޭރުގައުމުތަކުން އެގައުމަށް ގޮސްފައިވަނީ 890 ކޭސް ކަމަށް އެގައުމުން ބުނެއެވެ.
ޓައިވާނުގެ އުތުރު ޓައޯޔަން ސިޓީގެ ހޮސްޕިޓަލެއްގައި ކޮވިޑް ފެތުރެންފެށިފަހުން މިހާތަނަށް 15 ކޭސް ފެނިފައިވާކަމަށް އެސިޓީގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
ކަރަންޓީނުގައި ތިބި މީހުންގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު ނަމްބަރުތައް އިތުރުވާނެކަމަށް ބެލެވޭކަމަށް އެސިޓީގެ އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ