ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގު ގޭންގުގެ ލީޑަރު ނެދަލޭންޑްސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ޗައިނާއަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސެ ޗި ލޮފް ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާ އިން ނެރުނު އަމުރަކާ ގުޅިގެން ކެނެޑާއަށް ފުރަން ފްލައިޓަށް އަރަން ތައްޔާރުވެފައި ވަނިކޮށް އެމްސްޓެޑަމްގެ ސްކިޕޯލް އެއާޕޯޓުންނެވެ.
އޭނާއަކީ މުޅި އޭޝިއާގައި 70 ބިލިއަން ޑޮލަރުގެ ޑުރަގް މާކެޓެއް ހިންގާ "ދަ ކޮމްޕެނީ" ނަމަކަށް ކިޔާ ޑުރަގް ގޭންގުގެ ލީޑަރެވެ. އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން ގަބޫލުކުރާ ގޮތުގައި އެ ގައުމަށް އެތެރެކުރާ ޑްރަގުގެ 70 ޕަސެންޓް އެތެރެ ކުރަނީ ސެ ޗި ލޮޕްގެ ދަ ކޮމްޕެނީ މެދުވެރިކޮށެވެ.
އޮސްޓްރޭލިއާ އިން މިހާރު މަސައްކަތް ކުރަނީ ސެ ޗި ލޮޕްގެ މައްޗަށް ދައުވާ ކުރަން އެ ގައުމަށް ގެންދިއުމަށެވެ.
އުމުރުން 56 އަހަރުގެ ސެ ޗި ލޮޕް ގިނަ ބަޔަކު ސިފަކުރަނީ މެކްސިކޯގެ ޑްރަގު ލޯޑު ޖޯކީން "އެލް ޗަޕޯ" ގުޒްމަންއާ އެއްވަރުގެ މީހެއްގެ ގޮތުގައެވެ. އެއީ އޭނާ ޑުރަގް ވިޔަފާރިކުރާ މިންވަރުގެ މައްޗަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ