ސޯޅަ ރަށެއްގެ ސިއްހީ މަޝްރޫއުތައް އެރަށްތަކުގެ ކައުންސިލާ ހަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް މިއަހަރުގެ ޕީއެސްއައިޕީގައި ސިއްހީ ދާއިރާއަށް ކަޑައަޅާފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް އެ މަޝްރޫއެއް ނިސްބަތްވާ ކައުންސިލަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށްރަށާ މަޝްރޫއުތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
- ހއ. ފިއްލަދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ހއ. މާރަންދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ހއ. ވަށަފަރު ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ހދ. ފިނޭ ހެލްތު ސެންޓަރު ވަށާ ފާރު ރޭނުން
- ހދ. ވައިކަރަދޫ ހެލްތު ސެންޓަރު އެކްސްޓެންޝަން
- ރ. ވާދޫ ހެލްތު ސެންޓަރު އެކްސްޓެންޝަން
- ރ. މާކުރަތު ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ރ. އަނގޮޅިތީމު ހެލްތު ސެންޓަރު އެކްސްޓެންޝަން
- ރ. ހުޅުދުއްފާރު ސިއްހީ މަރުކަޒު އެކްސްޓެންޝަން
- އއ. ފެރިދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން
- މ. މުލަކު ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ލ. މާމެންދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ގއ. ނިލަންދޫ ހެލްތު ސެންޓަރު އެކްސްޓެންޝަން
- ގއ. މާމެންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން
- ގއ. ދެއްވަދޫ ސިއްހީ މަރުކަޒު އެކްސްޓެންޝަން
- ގއ. ފިޔަވަރީ ސިއްހީ މަރުކަޒު އެކްސްޓެންޝަން
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދޮޅުމަސް ދުވަސް ތެރޭގައި އެ ހުރިހާ މަޝްރޫއުއެއްގެވެސް ބިންގާ އެޅޭނެ ކަމަށެވެ. އަދި ޕަބްލިކް ހެލްތު ދާއިރާ ލާމަރުކަޒީ ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި ކައުންސިލްގެ އެއްބާރުލުން ލިބިގެން ކަމުގައި ފާހަގަކުރެއްވިއެވެ.
މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު