ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. އަދި އެ ދެ މީހުންނަކީ އެ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.
މިރޭ 7:05 ހާއިރު ލިބުނު އެ ރިޕޯޓާ ގުޅިގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ޑައިވަރުން ކުރަމުން އަންނަނިކޮށް، ފެނިފައިވަނީ މިރޭ 8:42 އެހާކަންހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ، އެމީހުން ފެނިފައިވަނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިން، އެ ރިސޯޓުގެ ލޯންޗަކަށް ކަމަށެވެ. އަދި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.