ކޮވިޑްގެ ދެވަނަ ރާޅުގައި ލަންކާއިން މިހާތަނަށް 100 އެއްހާ ޑޮކްޓަރުން ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ސްރީލަންކާގެ ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ)ގެ އޮފިޝަލަކު ވަނީ އެގައުމުގައި މިހާރުވެސް 40 ވަރަކަށް ޑޮކްޓަރުންނަށް ކޮވިޑް ޓްރީޓްމަންޓް ފެސިލީތަކުގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ.
ލަންކާއަށް މިދިޔަ އޮކްޓޯބަރު މަހުގައި އަރާފައިވާ ކޮވިޑްގެ ދެވަނަ ރާޅުގައި މިހާތަނަށް 56،076 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ.
ލަންކާގެ ޖީއެމްއޯއޭ އިން ވަނީ އެގައުމުން ފަށާ ކޮވިޑްގެ ވެކްސިން ޕްރޮގްރާމުގައި ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދިނުމަށް ގޮވާލާފައެވެ.
އެ އެސޯސިއޭޝަނުން ވަނީ ސިއްހީ ދާއިރާއަށް މިހާރު ކުރަމުން އަންނަ އަސަރުތަކުން އެދާއިރާއަށް ނުތަކާވަރު ވެއްޖެ ނަމަ އެގައުމުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް ފެއިލްވެ ހާލަތު ކޮންޓްރޯލުން ނައްޓާނެކަމުގެ އިންޒާރު ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ