އަދާލަތު ޕާޓީގެ ރައީސް ކަމަަށް އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިިފިއެވެ.
އެ ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަވީރުގެ 4:00 އަށް ހަމަވިއިރު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރެވެ.
އަދާލަތު ޕާޓީން އާންމުކޮށްފައިވާ ގޮތުގައި އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބި މީހުންނަށެވެ.
އަދާލަތު ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީއެވެ. އެ ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު