ރިޔަލު ދޯންޏެއްގައި މަހަށް ނުކުމެ އުޅުނިކޮށް ގެއްލުނު އުމުރުން ދުވަސްވީ މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެން މީހާ ފެނިފައިވަނީ ރަންނާޅި ރިސޯޓް ކައިރިން ކަމަށެވެ. ފެނުނުއިރު އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެމީހާ މިހާރު ކޯސްޓްގާޑް ލޯންޗަށް ނަގައިގެން މާފުއްޓަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔައީ ކ. މާފުށި/ ޝޭޑީގްރޯ، އަހުމަދު އާދަމް މަނިކެވެ. އޭނާ މަހަށް ފުރާފައިވަނީ މިއަދު ފަތިހު 5:30 ހާއިރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު