ކޮވިޑް-19 އާ ގުޅޭ މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އައްޑޫ ސިޓީގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާންކޮށްފި އެވެ.
އިކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު، ސީވީ އާއި އެކު އެކަމަށް އެދި ސިޓީއެއް އެ ހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވަން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު