ކަނޑޫފާތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ހަތް ރަށެއްގެ ކަނޑޫފާ ހުންނަ ކުޅިތަކުން ސާމްޕަލް ނަގައި ތަހުލީލު ކުރުމަށް އިންޑިއާ އަށް ފޮނުވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކަނޑުފާތަކުން ބޮޑު ސަރަހައްދެއް މަރުވެ ނެތެމުންދާކަން ފަހަކަށް އައިސްވަނީ ފާހަގަވެފަ އެވެ. އީޕީއޭއިން ކަނޑުފާ މަރުވާ މައްސަލަ ދެނެގަތުމަށް ބައެއް ރަށްތަކަށް އެކަމަށް ހާއްސަ ޓީމުތައްވެސް ފޮނުވި އެވެ.
އީޕީއޭއިން ބުނީ ބަލި ޖެހިފައިވާ ހަތް ރަށަކުންނާއި ބަލި ކޮންޓްރޯލްވެފައިވާ އެއް ރަށެއްގެ ކަނޑޫފާ ހުންނަ ކުޅިން ސާމްޕަލް ނަގައި އިންޑިއާގެ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ފޮނުވާފައިވާ ކަމަށެވެ.
މި މަސައްކަތް ކޮށްފައިވަނީ އިންޑިއާ ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީ އާއި އެ އެޖެންސީ ގުޅިގެން ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.
އެ އޮތޯރީޓީން ބުނީ މި ތަހުލީލުތަކަށްފަހު ކަނޑުފާތައް މަރުވެ ނެތިގެންދާ ސަބަބު ހާމަވާނެ ކަމަށާއި އަދި މި ކަން ކޮންޓްރޯލް ކުރުމަށް ދެން އަޅާނެ ފިޔަވަޅުތައްވެސް ދެނެގަނެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި ހިމާޔަތް ކޮށްފައިވާ ދެ ކަނޑޫފާ ކަމަށްވާ ހއ. ކެލާ ކަނޑޫފަލާއި ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ބޮޑުބައެއް މަރުވެ ހަލާކުވުމުގެ މައްސަލަތައް މިވަނީ މިފަހުން ފެންމަތިވެފަ އެވެ. އަދި މި މައްސަލަ މަޖިލީހަށްވެސް ވެއްދި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު