ޒުވާން އަންހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދުއަށް އުފަން ފާތިމަތު އުލްފާއެވެ. އުލްފާގެ މަންމަ، "ވަން" އަށް ބުނީ މިއަދު ހެނދުނުން ފެށިގެން އޭނާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ ފޯނަށްވެސް ޖަވާބު ނުދޭ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
އުލްފާގެ މަންމަ ބުނީ، އޭނާގެ އަންހެން ދަރިފުޅު "ބްލެކްމެއިލް" ކޮށްގެން ގެންގޮސްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، އެ ފިރިހެން މީހާއަށް ގުޅާފައިވާ ކަމަށާއި އަދި އޭނާގެ ގެއަށް އުލްފާ ގޮސްފައިވާ ކަމަށް އެ ފިރިހެން މީހާ ފުލުހުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އުލްފާއާ ފުލުހުން ވާހަކަ ދައްކާފައިނުވާ ކަމަށާއި އުލްފާ އެގޭގައި ހުރިކަމެއް ޔަގީންކޮށްދީފައިނުވާ ކަމަށެވެ. އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.
އެ މައްސަލަ މީގެ ކުރިންވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަންހެން މީހާއަކީ 18 އަހަރުވެފައި ހުރި މީހެއް ކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އުލްފާ މަންމަ ބުންޏެވެ.
"އަޅުގަނޑުގެ ދަރިފުޅު ބްލެކްމެއިލް ކޮށްގެން އޭނާ ގެންދަނީ. އެހެންވެ އެ މައްސަލަ ކުރިންވެސް ފުލުހަށް ހުށަހެޅީ. ނަމަވެސް ފުލުހުން އަންގަނީ 18 އަހަރު ފުރިފައި ހުރި ކުއްޖެއްކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް،" އޭނާގެ މަންމަ ބުންޏެވެ.
އުލްފާގެ މަންމަ ބުނީ އުލްފާ ހޯދުމަށް މިހާރު އެ ފިރިހެން މީހާ އުޅޭ ގެއަށް ގޮސްފައިވާ ކަމަށެވެ. އުލްފާ ސަލާމަތުން ހުރިކަމެއް ނުވަތަ ނެތް ކަމެއްވެސް ސާފުނުވާ ކަމަށާއި ބޭނުންވަނީ ދަރިފުޅު އަވަހަށް ގެއަށް އައުން ކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު