ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގައި ރޭންޑަމް ސާމްޕަލް ނަަގަން މާދަމާ ފަށާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑްގެ ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ އެކި ރަށްރަށުން ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑޫގައި ރޭންޑަމް ސާމްޕަލް ނެގުމުގައި އަމާޒުކުރާނީ ފެރީތަކުގައި މަސައްކަތްކުރާ މީހުންނާއި ފިހާރަތަކުގެ ސޭޓުންނަށް ކަމަށެވެ.
އައްޑޫއިން ނެގުމަށް ހަމަޖެހިފައިވަނީ ކިހާ އަދަދެއްގެ ސާމްޕަލްއެއް ކަމެއް އަދި ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ވަކި މުއްދަތެއްވެސް އެޗްޕީއޭ އިން ނުބުނެއެވެ.
އައްޑޫ ސިޓީން ރެންޑަމް ސާމްޕަލް ނަގަން ނިންމާފައި މިވަނީ ބެލެވޭ ގޮތުގައި ގއ. ދެއްވަދޫން ކޮވިޑް ކޭސްތަކެއް ފެނި، އެ ކޭސްއާ ގުޅިގެން އެއަތޮޅުގެ ބައެއް ރަށްތަކުންނާއި އެހެން ބައެއް ރަށްރަށުން ކޮވިޑް ކޭސްތަކެއް ފެނިފައިވާތީއެވެ.
ދެއްވަދޫން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 69 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ ރަށުން 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދޫއިން ހަތަރު މީހަކު ހުޅުމާލެއިން ދެ މީހަކު، ގައ. ދާންދޫއިން ހަ މީހުން އަދި ގއ. ވިލިނގިލިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު