އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ މެންދުރު 2:15 ހާއިރު ކަމަށެވެ.
ރޯވި އަލިފާން އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާއިރު އެމްއެންޑީއެފް ފަޔާ ލޯންޗު އެ ރިސޯޓަށް ދަތުރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އަލިފާން ރޯވި ކޮޓަރި ވަނީ އެއްކޮށް އަންދައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު