ގދ. ތިނަދޫ ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޕޮޒިޓިވް ވެފައިވަނީ ރާއްޖޭން ބޭރުން އައިސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކަމަށެވެ.
އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން ކަމަށް ބުންޏެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުން ޖުމްލަ 14،513 އަށް އަރާފައިވާއިރު މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 917 މީހަކަށެވެ. އޭގެ ތެރެއިން އަތޮޅު ތެރޭގައި 114 އެކްޓިވް ކޭސް އެބަ ތިއްބެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި މިހާރު ތިބީ 69 މީހެކެވެ. އަދި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު