ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މަރުގެ މައްސަލައަކާ ގުޅިގެން، ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ، މުހައްމަދު އަލީ ހޮސެއިން (32އ) ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެހެން ކަމުން މުހައްމަދު އަލީ ހޮސެއިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލހުން ވަނީ އެދިފަ އެވެ.