މެލޭޝިއާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ފެނިއްޖެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މެލޭޝިއާއިން ވަނީ 4029 ކޮވިޑް ކޭސް ފެނިފައެވެ. އަދި ބަލީގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އަށް މީހުން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
މެލޭޝިއާއިން ފެނިފައިވާ ކޭސްތަކުގެ ތެރެއިން އަށް ކޭހަކީ އެގައުމަށް ބޭރުން އެތެރެވެފައިވާ ކޭސްތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ބާކީ ހުރިހާ ކޭސްއަކީ އެގައުމުގެ އާންމުންގެ ތެރެއިން ރެކޯޑް ކުރެވިފައިވާ ކޭސްތަކެއް ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.
މެލޭޝިއާގައި ކޮވިޑުގެ ހާލަތު ގޯސެވެފައިވާއިރު 284 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 205 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
މިހާތަނަށް މެލޭޝީއާއިން 151،000 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން 586 މީހުން ވަނީ ބަލީގައި މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ