ޗައިނާގައި ޓެސްޓު ކުރި އައިސް ކްރީމެއް ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޗައިނާގެ އިތުރުން ޓިއާންޖިންގެ ޑަކިއާއޯޑާއޯ ފުޑް ކޮމްޕެނީ އިން އުފައްދާފައިވާ އައިސް ކްރީމްގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ޔަގީން ކުރުމަށް އިތުރު ދެ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައި ވެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ނެގި ހުރިހާ ސާމްޕަލެއްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ކަށަަވަރު ކޮށްދީފައެވެ.
ޓެސްޓުތައް ޕޮޒިޓިވް ވުމާއެކު އޮފިޝަލުން ވަނީ ތަހުގީގެއް ފަށާފައެވެ. އައިސް ކްރީމް ހެދުމަށް ބޭނުންވާ ރޯމެޓީރިއަލް ގެ ތެރެއިން ކިރާއި އެހެން ޕައުޑަރުތައް ގެނެސްފައިވަނީ ނިއުޒިލެންޑުގެ އިތުރުން ޔޫކްރެއިން އިން ކަމަށް އޮފިޝަލުން ބުނެއެވެ.
އައިސް ކްރީމް ބަންދުކޮށްފައި ހުންނަ ތަނުގެ ގޮތުން ވައިރަސް އެތަކެތީގައި ހަރުލުމުގެ ފުރުސަތު އޮތް ކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި މިއީ އައިސް ކްރީމްގެ ސަބަބުން ކޮވިޑް ޖެހިދާނެކަމަށް ހާސްވާން ޖެހޭވަރުގެ ކަމެއް ނޫންކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.
ޓިއާންޖިންގެ މުނިސިޕަލް އިން ވަނީ އައިސްކްރީމް ބޭނުންކުރިކަމަށް ބެލެވޭ އެންމެން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ