އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ދިޔަ ހާދިސާގައި ތާށިވި މީހާ މަރުވެއްޖެ އެވެ.
މި ހާދިސާއާ ގުޅިގެން ފަރުވާދެމުން އައީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އަށެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލު މިއަދު ވަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިއްލޫރި ޕެލެޓްތައް ދަށުވެ، ފަރުވާދެމުން ދިޔަ މީހާ ރޭ ފަތިހު މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އާއިލާއިން މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހުންކޮށި ފަޅައިގެން ގޮސް އެތެރެ ހައްޓަށް ލޭ އެޅެމުންދާ ކަމަށެވެ. އަދި އޭނާ އަށް އަލުން ހިނގޭނެ ކަންވެސް އެނގޭނީ އޮޕަރޭޝަނަކަށް ފަހު ކަމަށްވެސް ބުންޏެވެ. ނަމަވެސް އޮޕަރޭޝަން ކުރިކަން އަދި ވަނީ ޔަގީން ނުވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު