ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލެ އަޒީޒާ މިސްކިތު ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާ ކަމަށް ބުނެ، އިންޑިއާ މީހަކު އެ ދުވަސްވީ މީހާ މިސްކިތުން ނެރެން އުޅުމުގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި އިންޑިއާ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުސްކުޅި މީހާއަށް މާރާމާރީ ހިންގައި، އެމީހާ ނެރެން މަސައްކަތްކޮށްފައިވަނީ އޭނާ ނަމާދަށް ހުއްޓަ އެވެ.