ބްރެޒިލް އިން ވެސް ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ވޭރިއަންޓް ފެނިފައިވާކަން އެނގިފައިވަނީ ބްރެޒިލް އިން ޖަޕާނަށް ދަތުރުކުރި ބައެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތަކުން ކުރިން ނުފެންނަ ބަދަލުތަކެއް ވައިރަހުން ފެނިފައިވުމުންނެވެ. މިމަހުގެ 10 ވަނަ ދުވަހު ބްރެޒިލް އިން ޖަޕާނަށް އެތެރެވެފައިވާ އެމީހުންގެ މައުލޫމާތު ޖަޕާނުން ވަނީ ޑަބްލިޔުއެޗްއޯއާ ހިއްސާކޮށްފަ އެވެ.
ކެމްބުރިޖު ޔުނިވާސިޓީގެ މައިކްރޯ ބަޔޮލޮޖީ ޕްރޮފެސާ ރަވީ ގުޕްތާ ވިދާޅުވީ، ބްރެޒިލް އިން ފެނިފައިވާ އާ ވޭރިއަންޓުން ތިން ބަދަލެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އާ ވޭރިއަންޓުގައި ޔޫކޭ އާއި އެފްރިކާ އިން ފެނިފައިވާ ވޭރިއަންޓާ އެއްގޮތް ގޮތެއް ހުރި ނަމަވެސް ޖެނެޓިކަލް ކޯޑަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓްވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލުއައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓްވުމުގެ ސަބަބުން ބައެއް ފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއް ފަހަރު ވޭރިއަންޓުގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވި ވެސް ވެދާނެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ