އިންޑޮނޭޝިއާއަށް 6.2 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުން އައިސްފައިވަނީ އިން އިންޑޮނޭޝިއާގެ ހުޅަނގަށް އޮންނަ ސުލަވެސީއާ ހަ ކިލޯމީޓަރު ދުރަށް، 10 މީޓަރު އަޑިއަށެވެ.
ބިން ހެލުމުގައި އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިހާތަނަށް 26 މީހަކު ވަނީ މަރުވެފަ އެވެ. އަދި 600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށް އެގައުމުގެ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބިންހެލުމުގައި ސުލަވެސީގެ މަޖީންގައި ހުންނަ ހޮސްޕިޓަލެއް ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެތަނުގެ ދަށުގައި ބަލިމީހުންނާއި މުވައްޒަފުން ވަނީ ތާށިވެފަ އެވެ.
"މަރުވި މީހުންގެ އަދަދުތައް މައްޗަށް ގޮސްދާނެ. އެކަމަކު އުންމީދަކީ އަދަދު މައްޗަށް ނުދިއުން. ހާދިސާގައި މަރުވި ގިނަ މީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި،" މުމުޖޫގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ އިސްވެރިޔާ އަލީ އަހްމާން އޭއެފްޕީއަށް ވިދާޅުވެފައިވެ އެވެ.
އެ އެޖެންސީން ބުނީ، ބިންހެލުމާ ގުޅިގެން ބައެއް މަގުތައް ވެސް ހަލާކުވެފައިވާތީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ގިނަ އަދަދެއްގެ ބިންހެލުން އަންނަ އިންޑޮނޭޝިއާއަށް 2018 ވަނަ އަހަރު ވެސް 6.2 މެގްނިޓިއުޑުގެ ބިންހެލުމެއް އައެވެ. އެފަހަރުގެ ބިންހެލުމާއެކު އެރި ސުނާމީގައި ހާހަކަށްވުރެ ގިނަ މީހުން މަރުވި އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ