ކޮވިޑް-19ގެ އާ ވޭރިއަންޓް ސްރީ ލަންކާއިން ފެނިއްޖެ އެވެ.
ދާދި ފަހުން ޔޫކޭއިން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓް ލަންކާއިން ފެނިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ލަންކާގެ ހެލްތް މިނިސްޓްރީގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ. ސުދަތް ސަމަރަވީރާ ވިދާޅުވީ، އާ ވޭރިއަންޓް ފެނިފައިވަނީ އެގައުމަށް ޔޫކޭ އިން އެތެރެވެފައިވާ މީހެއްގެ ފަރާތުން ކަމަށެވެ. އަދި އޭނާ މިހާރު ހުރީ ކަރަންޓީނުގައި ކަމަށް ވިދާޅުވި އެވެ.
އާ ވޭރިއަންޓުގެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވައި ޑރ ސުދަތް ވިދާޅުވީ މިހާރު ލަންކާގައި ފެތުރެމުން އަންނަ ކޮވިޑުގެ ވޭރިއަންޓަށްވުރެ އާ ވޭރިއަންޓް ފެތުރޭ މިންވަރު އަވަސް ކަމަށެވެ.
އެހެންކަމުން އާ ވޭރިއަންޓާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާތައް ފަށާފައިވާއިރު އާންމުންގެ ތެރޭގައި އެ ސްޓްރެއިން ފެތުރުން ހުއްޓުވުމަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ބަދަލު ގެނެސް ހަރުކަށި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ