ގއ. ދެއްވަދޫން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލް ނައިބު ރައީސް އިބްރާހިމް ތައުފީގު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާ ކަމަށެވެ.

ތައުފީގު ވިދާޅުވީ މިއަދު ޕޮޒިޓިވް ވި އަށް މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު 22 އަށް އަރާފައިވާ ކަމަށެވެ.

ދެއްވަދޫގައި ހަލުވި ކަމާއެކު މި ބަލި ފެތުރެމުންދާއިރު މި ބަލި އެރަށަށް ދިޔަ ގޮތެއް އަދިވެސް ނޭނގެ އެވެ.

ދެއްވަދޫން 32 މިހަކަށް މިބަލި ޖެހުނު އިރު ބައެއް މީހުން ވަނީ މި ބަލިން މިާރު ރަނގަޅުވެފަ އެވެ.