ކ. އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ގުދަނެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ވަރު އައިލެންޑް ރިސޯޓުގެ ގުދަނެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 2:48 ހާއިރު ކަމަށެވެ.
ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ރީތިރަށް ރިސޯޓުން އިތުރު ޕަމްޕެއް ގެންގޮސްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ އެ ރިސޯޓުގައި ރާ ރައްކާކުރާ ގުދަނުގެ ފުރާޅުގައި ކަމަށާއި ފަޔާ ޓީމު، އެ ރިސޯޓަށް ގޮސް އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން 4:33 ހާއިރު ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު