އިންޑިއާއިން އޮކްސްފޯޑް ވެކްސިންގެ 11 މިލިއަން ޑޯޒް ގަނެފިއެވެ.
އިންޑިއާއިން އޮކްސްފޯޑް ވެކްސިންގެ 11 މިލިއަން ޑޯޒް ގަނެފައިވަނީ އެގައުމުގެ ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓުންނެވެ.
އިންޑިއާއިން އެގައުމުގައި އުފައްދާ ވެކްސިން ގަނެފައިވަނީ ޑޯޒްއެއް 200 ރުޕީސްއަށް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނީ ވެކްސިންގެ ފުރަތަމަ 100 މިލިއަން ޑޯޒް ވިއްކުމަށް ހަމަޖެހިފައިވަނީ ޑޯޒްއެއް 200 ރުޕީސްގެ ރޭޓުން ކަމަށެވެ.
ސިރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން ހަފްތާއަކު 11 މިލިއަން ޑޯޒް ސަޕްލައި ކުރެވޭނެ ކަމަށް ސިރަމް އިންސްޓިޓިއުޓުން ބުނެއެވެ.
އިންޑިއާ ސަރުކާރުން ވަނީ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް ވެކްސިން އެސްޓްރާޒެނެކާ އަދި ކޮވަކްސިން އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ