ޚަބަރު

ފައުޒާންގެ ހަނދާނުގައި ސްކޫލުތަކުގައި އެއް މިނެޓުގެ ސުކޫތެއް

އަލީ ޔާމިން

ގެނބިގެން ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު، މަރުވި، ޏ. ފުވައްމުލަކު ދޫނޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލުތަކުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފިއެވެ.

ފައުޒާން މަރުވީ، މޫދަށް އެރިއުޅުނު ކުޑަ ދެ އަންހެން ކުދިން އޮޔާ ދަނިކޮށް، އެ ދެކުދިން ސަލާމަތްކޮށް އިސްކޮޅު ޖެހޭ ހިސާބަށް ގެނައި ވަގުތު ޖެހި ރާޅަކާއެކު ކަނޑު ތެރެޔަށް ބޭރަށް ދަމައިގަނެ ގެނބުމުގެ ސަބަބުންނެވެ.

ފުވައްމުލަކު ސްކޫލްގެ ސެކަންޑް ޏަވިޔަނި ސްކައުޓް ގްރޫޕްގެ ސްކައުޓް ޕެޓްރޯލް ލީޑަރެއްގެ މަގާމުގައި ހުރި ފައުޒާން މަރުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެތައް ބަޔަކު ވަނީ ހިތާމަ ފާޅުކޮށް، ފައުޒާން ދެެއްކި އިންސާނިއްޔަތުކަމަށް ތައުރީފުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލުތަކުގައި މިއަދު ގެނައި އެއް މިނެޓުގެ ސުކޫތަކީ ފައުޒާން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރުގެ ހަނދާން އައުކޮށް، ފައުޒާނަށް ހެޔޮ ދުއާކުރުމަށްޓަކައި، ހުރިހާ ސްކޫލްތަކުން ހިއްސާކުރެވުނު ހާއްސަ އެއް މިނެޓު ކަމަށެވެ.

ފުވައްމުލަކު ސްކޫލްގެ ސެކަންޑް ޏަވިޔަނި ސްކައުޓް ގްރޫޕްގެ ސްކައުޓް ޕެޓްރޯލް ލީޑަރެއްގެ މަގާމުގައި ހުރި ފައުޒާން މަރުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެތައް ބަޔަކު ވަނީ ހިތާމަ ފާޅުކޮށް، ފައުޒާން ދެއްކި އިންސާނިއްޔަތުކަމަށް ތައުރީފުކޮށްފައެވެ.