އިނގިރޭސި ރާނީ އެލިޒަބަތު އަދި ފިރިކަލުން ފިލިޕް ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.
ރާނީ އާއި ފިރިކަލުން ކޮވިޑް ވެކްސިން ޖެއްސެވިކަން ބަކިންހަމް ޕެލެސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ދެބޭފުޅުން ވެކްސިން ޖައްސަވާފައިވަނީ އިނގިރޭސިވިލާތުގެ ވިންޑްސާ ކާސެލް ގައެވެ.
އިނގިރޭސި ޝާހީ އާއިލާގެ ސިއްހީ ހާލަތާ ބެހޭގޮތުން ގިނަފަހަރަށް އާންމުންނަށް މައުލޫމާތު ހިއްސާއެއް ނުކުރެއެވެ. ނަމަވެސް ރާނީ އާއި ފިރިކަލުން ވެކްސިން ޖެއްސެވި ހަބަރު އާންމުކޮށްފައިވަނީ އާންމުން އެކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ކަމަށް އޮފިޝަލުން ބުނެއެވެ.
އިނގިރޭސިވިލާތުގެ ކޮވިޑްގެ ހާލަތު ބޮޑުތަނުން ގޯސްވެފައިވާއިރު އެގައުމުން މިހާތަނަށް 80،868 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ތިން މިލިއަނަށް ވުރެން މައްޗައް އަރާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ