މި ފެށުނު އާ އަހަރަކީ ދަރިވަރުންނާއި ބެލެނިވެރީންނާއި ޓީޗަރުންނަށް ކާމިޔާބު އަހަރަކަށް ވުމަށް އެދިވަޑައިގެން، އެ ފަރާތްތަކަށް ރައީސް ސޯލިހު ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު އެ ފަރާތްތަކަށް ހެޔޮއެދުންތައް ފޮނުއްވީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން ތަހުނިތާ އާއި މަރުހަބާ ވިދާޅުވެ، މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
ކޮވިޑް-19އިގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ސްކޫލްތައް ހުޅުވާއިރު، މިއީ ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ އުއްމީދީ ވަގުތެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސްކޫލްތައް އަލުން ހުޅުވާލުންވެގެންދާނީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އާ ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު