ސައުދީ ރަސްގެފާނު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާނު ކޮވިޑް ވެކްސިން ޖައްސަވާފައިވަނީ އެގައުމުގެ ނިއޮމްގައި ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.
ރަސްގެފާނު ސަލްމާނު ޖައްސަވާފައިވަނީ ކޮވިޑް ވެކްސިން ފައިޒާ ކަމަށް ސައުދީ ޕްރެސް އެޖެންސީ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.
ސައުދީ ހެލްތު މިނިސްޓަރު ތާފިގް އަލް ރަބިއާ ވަނީ ރަސްގެފާނުގެ މަސައްކަތްޕުޅަށް ޝުކުރު ދަންނަވައިފައެވެ. ތާފިގް ވަނީ ބަލިމަޑުކަމާ އެގައުމުން ކުރިމަތިލީސުރެ މިއަދާ ހަމައަށް ރައްޔިތުންގެ ރައްކަލަށް ޓަކައި ރަސްގެފާނު ކޮށްދެއްވާފައިވާ ކަންކަމަށް ޝުކުރު ދަންނަވައިފައެވެ.
ތާފިގް ވަނީ ކޮވިޑް ވެކްސިން ރަސްގެފާނު ޖެއްސެވުން ވެގެން ދާނީ ސައުދީ ރައްޔިތުންނަށް ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ބޭނުންކުރުމަށް ލިބިގެންދާނެ ހިތްވަރެއްކަމުގައި ފާހަގަކުރައްވައިފައެވެ.
ސައުދީ ވެފައިވަނީ ގަލްފުގެ ގައުމުތަކުގެ ތެރެއިން ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ދެވަނަ ގައުމުކަމުގައެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން އެގައުމުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ