ދުނިޔެ

ބްރިސްބަން އިން ކޮވިޑް ކޭހެއް ފެނި ތިން ދުވަހަށް ލޮކްޑައުން ކޮށްފި

މުހައްމަދު އައުޒަމް

ބްރިސްބަން އިން ކޮވިޑް ކޭހެއް ފެނި ތިން ދުވަހަށް ލޮކްޑައުން ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ބްރިސްބަން އިން ފެނިފައިވަނީ ޔޫކޭއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓްގެ ކޭހެއް ކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.

ބްރިސްބަންގެ ކަރަންޓީނު ސެންޓަރެއްގައި މަސައްކަތް ކުރާ މީހަކު ޕޮޒިޓިވް ވުމާއެކު އެސިޓީގައިވަނީ އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެފައެވެ.

ބްރިސްބަން ވެފައިވަނީ ކޮމިއުނިޓީ ތެރެއިން ކޭހެއް ނުފެނި ގިނަދުވަސްތަކެއް ވެފައިވާ ސިޓީއެއްކަމުގައެވެ.

ސިއްހީ އޮފިޝަލުން ވަނީ އެންމެ ކޭހެއް ފެނިގެން ތިން ދުވަހުގެ ލޮކްޑައުން އެއް ކުރަން ނިންމާފައިވަނީ އެކޭސް ގެ ސަބަބުން އިތުރު މަސްދުވަހަށް ލޮކްޑައުން ކުރަން ބޭނުން ނުވާތީ ކަމަށް ބުނެފައެވެ.