ޔޫކޭއިން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.
ޔޫކޭއިން މީގެ ކުރިން ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ފައިޒާ ވެކްސިންގެ އިތުރުން އޮކްސްފޯޑްގެ އެސްޓްރާޒެނެކާ ވެކްސިން އަށް ވެސް ހުއްދަ ދީފައެވެ.
މޮޑާނާ ވެކްސިން އަށް ހުއްދަ ލިބުމާއެކު ޔޫކޭ އިން ފަށާފައިވާ ވެންސިނޭޝަން ޕްރޮގްރާމް އަވަހަށް ކުރިޔަށް ގެންދިއުމަށް އިތުރު ބާރަކަށް ވަނީ ވެފައެވެ. މިހާތަނަށް ޔޫކޭގެ 1.5 މިލިއަން މީހުންނަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.
އިނގިރޭސިވިލާތުން ވަނީ މޮޑާނާގެ 17 މިލިއަން ޑޯޒް ހޯދުމަށް އޯޑަރު ދީފައެވެ. މޮޑާނާ ވެކްސިންގެ ޓެސްޓުތަކުން ވަނީ އެވެކްސިން އަކީ 94 އިންސައްތަ ނަތީޖާ ނެރެވޭނެ ފަދަ ވެކްސިނެއް ކަމުގައި ދައްކާފައެވެ.
ޔޫކޭ އިން ވަނީ ކޮވިޑްގެ ހާލަތު ނުރައްކާ ވެ ކޮވިޑްގެ އާ ވޭރިއަންޓެއް ފެނި ގައުމުގެ ހާލަތު ގޯސްވެފައެވެ. ޔޫކޭ އިން މިހާތަނަށް 2.89 ކޭސް ފެނިފައިވާއިރު މިހާތަނަށް އެގައުމުން ވަނީ ބަލިޖެހިގެން 78،508 މީހުން މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ