ރ. އަތޮޅު ގިރިއަކަށް އުރުނު ދޯންޏެއްގައި ތިބި ބަޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރ. ފިލާދޫ ކައިރި ގިރިއަކަށް އުރުނީ އެ އެތޮޅު މީދުއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.
ފުލުހުން ބުނީ އެ ދޯންޏަކީ މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ކަމަށާއި އޭގައި ތިން މީހަކު ތިބި ކަމަށެވެ. އެ ދޯނީގެ ބޮޑުބައި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ހާދިސާގައި ކަނޑުވި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު