މި އަހަރުގެ ފުރަތަމަ ހަ ދުވަސްތެރޭ 18،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 18،360 އަށް އަރައިފައެވެ.
މި އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 2،005 ފަތުރުވެރިން އައިސްފައިވާއިރު، ޖެހިގެން އައި ދުވަހު 4,160 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި އަހަރުގެ ތިން ވަނަ ދުވަހު ރާއްޖެ އަށް 4,195 ޓޫރިސްޓުން އައިސްފައިވާއިރު، ހަތަރު ވަނަ ދުވަހު ރާއްޖެ އަށް 2،646 މީހުން އައިސްފައިވެއެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު 2،672 ރާއްޖެ އައިސްފައިވާއިރު، ބުދަ ދުވަހު ރާއްޖެ އައިސްފައިވަނީ 2408 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 5331 ފަތުރުވެރިން އައިސްފައިވެއެވެ. އިންޑިއާއިން 1816 ފަތުރުވެރިން ޒިޔާރަތްކުރި އިރު، ޔޫކްރެއިނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1779 އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އުންމީދުތަކެއް ފެންނަން ފަށާފައިވާއިރު، މިވަގުތު ރާއްޖޭގައި 41،872 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 141 ރިސޯޓަކުން 32،636 އެނދާއި 286 ހޮޓަލާއި ގެސްޓް ހައުސުން 6732 އެނދާއި 130 ސަފާރީ އުޅަނދަކުން 2،504 އެނދެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ރާއްޖެއަށް އައިސްފައިވަނީ 555،399 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު