ޗައިނާގެ ސިޓީއަކުން ކޮވިޑުގެ 120 ކޭސް ފެނުމާއެކު 11 މިލިއަން މީހުން ލޮކްޑައުން ކޮށްފިއެވެ.

ދެކުނު ޗައިނާގެ ޝީޒިއާޒުއަންގް ސިޓީ ލޮކްޑައުން ކޮށް އެސިޓީން މީހުން ނިކުތުން މަނާކޮށްފައިވާއިރު އެސިޓީ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

5000 އަށްވުރެ ގިނަ ޓެސްޓް ސްޓޭޝަން ގާއިމްކޮށް އެސިޓީގެ ހުރިހާ މީހުން ޓެސްޓު ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

މިއީ ޗައިނާގައި ފާއިތުވެދިޔަ ފަސް މަސްތެރޭ އެއް ސިޓީއަކުން މިހާގިނަ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ.

މިހާރު ކޮވިޑް ފެންނަން ފަށާފައިވާ ޝީޒިއާޒުއަންގް ސިޓީ އަކީ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ސިޓީއެކެވެ. ހޫބޭ އަކީ ޗައިނާއިން ފުރަތަމަ ކޮވިޑް ފެންނަން ފެށި ދުވަސްވަރު އެންމެ ބާރުމިނުގައި ކޮވިޑް ކޭސްތައް ފެންނަމުންދިޔަ ސިޓީއެވެ.

ޗައިނާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް މައިތިރިވެފައި ވަނިކޮށް، އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށުމާއެކު އެގައުމުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މިހާތަނަށް ޗައިނާއިން 87،278 ކޭސް ފެނިފައިވާއިރު އެގައުމުން 4634 މީހުން ބަލީގައި މަރުވެފައި ވެއެެވެ.