އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި، ތާށިވި މީހާ ސަލާމަތްކޮށް އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެމްޕީއެލްގެ ތެރޭގައި ހިނގި ހާދިސާއެއްގައި ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކަށް އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގައި ބިއްލޫރި ޕެލެޓް ދަށުވެ އިތުރު މީހަކު ތާށިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 7:56 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 7:45 ހާއިރު ކަމަށާއި އެ ހާދިސާ ހިނގީ ކޮންޓެއިނަރު ތެރޭގައި ހުރި ބިއްލޫރި ޕެލެޓުތަކެއް އަރިއަޅާލައިގެން ކަމަށެވެ.

ބިއްލޫރި ޕެލެޓުގެ ދަށުގައި ތާށިވި މީހާވެސް މިހާރުވަނީ ސަލާމަތްކޮށް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އޭނާ ސަލާމަތް ކުރީ އެ ކޮންޓެއިނަރުގެ ބޭރު ކަފާލައިގެންނެވެ.

އަނިޔާ ލިބުނު ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.