ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމު ޗައިނާއަށް އެތެރެވުން ހުއްޓުވައިފިއެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެށުނު ކަން ފާހަގަވެފައިވާ ޗައިނާގެ ވޫހާންގައި ކޮވިޑް ފެތުރެން މެދުވެރިވި ސަބަބާއި ކޮވިޑްގެ ފެށުން ހޯދުމަށް ތަހުގީގުކުރުމަށް ޗައިނާއިން ހުރަސް އަޅާފައިވާކަން ޑަބްލިއުއެޗްއޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ތަހުގީގު ޓީމުގެ ދެމީހުން ޗައިނާއަށް އެތެރެކޮށްފައި ނުވަނީ ވިސާގެ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ޗައިނާއިން ބުނެފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ޗައިނާއާ އެކު މިދިޔަމަހު ގިނަ މަޝްވަރާތަކެއް ވެސް ކޮށްފައެވެ. އަދި ޓީމް ފޮނުވާފައިވަނީ ޗައިނާއިން އެކަމަށް ހުއްދަ ދިނުމުން ކަމަށް ބުނެފައެވެ.
ޑަބްލިއުއެޗްއޯ ޗީފް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ޓީމު ޗައިނާއަށް އެތެރެވުމަށް މަސައްކަތް ކުރި އިރުވެސް އެގައުމުން ދޭން ޖެހޭ ހުއްދަތައް ދީފައި ނުވާ ކަމަށެވެ.
ޗައިނާގެ ވުހާން އަކީ ކޮވިޑް ވައިރަހުގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓު ކުރި ގައުމެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު މިކޭހާއެކު ކޮވިޑް ވަނީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ފެތުރިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ