ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި، ސިފައިންގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ތިން މީހަކަށް މިދިޔަ އަހަރު، އެކި ދާއިރާތަކުން އުނގަންނައިދީފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ އައްޑަނަ މަޖައްލާގެ ހަފުތާގެ އަދަދުގައި އޭނާ ލިޔުއްވާފައިވާ ލިޔުމެއްގަ އެވެ.
މާރިޔާ ވިދާޅުވީ ފާއިތުވި އަހަރަކީ ސިފައިންގެ އިޖުތިމާއީ ހިދުމަތް ނުލާހިކު ފުޅާ ދާއިރާއެއްގައި ހިންގި، ރައްޔިތުންގެ އިތުބާރާއި ލޯބި، ސިފައިންނަށް އިތުރުވެގެން ދިޔަ އަހަރަކަށް ވުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އެގޮތުން ސިފައިންގެ އޮނިގަނޑަށް ޒަމާނާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެނައުމާއި ޒަމާނީ އާލާތްތަކަށް އަހުލުވެރި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އުނގަންނައިދިނުމުގެ ސިލްސިލާ ތަމްރީނުތަކާއި ކޯސްތައް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ސިފައިންގެ ކޮންމެ ފަސް މީހަކުން ތިން މީހަކު ވަނީ ކޮންމެވެސް ދާއިރާއަކުން ތަމްރީނު ކޮށްފަ." އޭނާ ވިދާޅުވެފައިވެ އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މިއަދު ފެންނަނީ ސިފައިންނަކީ ޕްރޮފެޝަނަލް ފޯސްއެއްގެ ގޮތުގައި ކަމަށާއި ސިޔާސީ ނުފޫޒުން ދުރުގައި ތިބެ ކޮށްދެއްވާ ހިދުމަތް ހެޔޮ ހިތުން ބަލައިގަންނަ ކަމަށެވެ. އަދި މިއަހަރުވެސް ގައުމީ ދިފާއީ ބާރުގެ ސަފުތައް އިތުރަށް ވަރުގަދަވެ، ސިފައިންގެ ހުވަޔާ އެއްގޮތަށް އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރާއެކު ހިދުމަތުގައި ދެމިތިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ