ދެކުނު ކޮރެއާގައި މިދިޔަ އަހަރު އުފަންވި މީހުންނަށްވުރެ މަރުވި މީހުންގެ އަދަދު ގިނަވެއްޖެކަމަށް އެގައުމުން ބުނެފިއެވެ.

ދެކުނު ކޮރެއާއިން ބުނީ 2020 ވަނަ އަހަރު ވެފައިވަނީ އެގައުމުގައި ފުރަތަމަ ފަހަރަށް ފާޓިލިޓީ ރޭޓު ދަށްވެފައިވާކަމަށް ފާހަގަވެފައިވާ އަހަރުކަމަށެވެ.

ދެކުނު ކޮރެއާގެ އިންޓީރިއާ އެންޑް ސޭފްޓީ އިން ނެރެފައިވާ ބޯހިމެނުމުގެ ޑޭޓާއިން ދައްކާފައިވަނީ އެގައުމުގައި މިދިޔަ އަހަރު އުފަންވެފައިވަނީ 275،815 މީހުންކަމަށެވެ. އަދި މަރުވެފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ 307،764 މީހުން ކަމަށް ޑޭޓާތަކުން ދައްކައެވެ.

މިނިސްޓްރީ އިން ވަނީ އެގައުމުގައި އުފަންވި ރޭޓް ދަށްވެފައިވުމާއެކު ސަރުކާރުން މުހިންމު ޕޮލިސީތަކެއް ގާއިމުކުރަން ޖެހޭ ކަމަށާއި ހާއްސަކޮށް ވެލްފެއާ އާއި އެޑިއުކޭޝަންގެ އިތުރުން ގިނަ ކަންކަމެއް އިސްލާހުކުރަން ޖެހޭކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާއިން ނެރެފައިވާ ޑޭޓާތަކުގައި އެގައުމުން މަރުވި ރޭޓް ގިނަވެފައިވަނީ ކޮވިޑްގެ ސަބަބުންކަމަށް ހާމަކޮށްފަ ނުވެއެވެ. އެގައުމުން ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްތަކުންދައްކަނީ 981 މީހުންނެވެ.