ޔޫކޭގައި އޮކްސްފޯޑް ވެކްސިން ދޭން ފަށައިފިއެެވެ.

އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން އެސްޓްރާޒެނެކާ، ޔޫކޭގެ އެކި ހިސާބުތަކުގައި 53،000 ޑޯޒް ދިނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ކުރިއަށްއޮތް ތިން މަހެއްހާ ދުވަސްތެރޭ އެގައުމަށް 10 މިލިއަނަށްވުރެ ގިނަ ޑޯޒް ގެނެސް، ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޔޫކޭގައި އޮކްސްފޯޑް ވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ 82 އަހަރުގެ މީހަކަށެވެ.

ޔޫކޭގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް ވެކްސިން ފައިޒާވެސް ދޭން ވަނީ ފަށައިފައެވެ. މިހާތަނަށް ދެ ލައްކައެއްހާ މީހުންނަށް ފައިޒާ ވެކްސިން ދީފައިވެއެވެ.