އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެންޑޮސްކޯޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ އިތުރު ހޮސްޕިޓަލަކުން އެންޑޮސްކޯޕީ ހެދޭ ފުރަތަމަ ފަހަރެވެ.

ޓާޝަރީ ފެންވަރަށް އައްޑޫގައި ގާއިމް ކޮށްފައިވާ މި ހޮސްޕިޓަލުން ބުނީ އެންޑޮސްކޯޕީގެ ހިދުމަތް އެ ހޮސްޕިޓަލުން ދޭ ފަށާފައި ވަނީ އިއްޔެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންނަނީ މާލޭގައި ކުރެވޭ ވަރަށް ގިނަ އޮޕަރޭޝަންތައް ވެސް ކުރަމުންނެވެ. އެ ގޮތުން ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ވެސް އޭގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.