ކޮވިޑުގެ ހާލަތު ގޯސްވެ ޖަޕާނުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރަން ނިންމައިފިއެވެ.
އާއަހަރުގެ ބަންދާ ދިމާކޮށް ޖަޕާނުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އެގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ބެލެވޭތީ ބޮޑުވަޒީރު ޔޮޝިހިދެ ސުގާ ވަނީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ސުގާ ވަނީ މިހަފްތާ ތެރޭގައި ވެރިރަށް ޓޯކިޔޯގެ އިތުރުން ކައުރި ބައެއް ސަރަހައްދުތަކުގައި ސްޓޭޓް އޮފް އިމަޖެންސީ ގާއިމް ކުރުމަށް ނިންމަވާފައިވާކަން އާއްމު ކުރައްވައިފައެވެ.
ޓޯކިޔޯގެ އިތުރުން ކޮވިޑް ކޭސްތައް އެންމެ ބޮޑަށް ފެތުރުވެފައިވަނީ އަވަށްޓެރި ކަނަގަވާގެ އިތުރުން ސައިޓަމާ އަދި ޗިބާ ސަރަހައްދުގައެވެ.
ޖަޕާނަށް ކޮވިޑްގެ ތިންވަނަ ރާޅު އަރާފައިވާއިރު އެގައުމުން މިހާރު ފެންނަމުންދާ ގިނަ ކޭސްތައް ގުޅިފައިވަނީ ރެސްޓޯރަންޓު ތަކާއި ކެފޭތަކާކަމުން މިދުވަސްވަރު އެކަންކަމުން ދުރުހެލިވުމަށް ސުގާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މީގެ ކުރިން އޭޕްރިލް ހަތްވަނަ ދުވަހުވެސް ޖަޕާނުން ވަނީ އެގައުމުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާންކޮށްފައެވެ.
ޖަޕާނުން މިހާތަނަށް ކޮވިޑްގެ 61،842 ކޭސް ފެނިފައިވާއިރު އެގައުމުން ބަލިޖެހިގެން 586 މީހުން މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ