ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ "ވަން" އަށް ވިދާޅުވީ ރައީސް ސޯލިހު ދުބާއީއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެމަނިކުފާނު ދުބާއީއަށް ވަޑައިގެންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށެވެ.
ހޫދު ވިދާޅުވީ އެމަނިކުފާނު ދުބާއީގައި ތިން ދުވަހު މަޑުކުރެއްވުމަށްފަހު އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ރައީސްގެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލު ހޫދު ހާމައެއް ނުކުރައްވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި ކަމެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު