އިސްރާއީލުން އެގައުމުގެ އާބާދީގެ 10 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.
އިސްރާއީލުގެ އާބާދީގެ 9.3 މިލިއަން މީހުންގެ ތެރެއިން 5.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ފަށާފައިވާ ޕްރޮގްރާމުގައި މިހާތަނަށް ވަނީ އެއް މިލިއަން މީހުންނަށް ވެކްސިން ދީފައެވެ.
އިސްރާއީލުގެ ހެލްތު މިނިސްޓަރ ޔޫލީ އެޑެލްސްޓްރެން ވަނީ މިއީ ލިބުނު ކާމިޔާބީއެއް ކަމަށާއި ވެކްސިން ދޭން ފެށިތާ އަދި ދެހަފްތާވެސް ނުވާކަމަށް ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ 153،400 މީހުންނަށް ވެކްސިން ދީފައިކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްރާއީލު ވެފައި މިވަނީ މުޅި ދުނިޔެއިން ވެސް ވެކްސިން ދޭން ޖެހޭ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ވެކްސިން ދިން ގައުމު ކަމުގައެވެ. އެގައުމުން މިހާތަނަށް ހަތަރު ލައްކަ އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 3،356 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ