އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ޑޮކިއުމެންޓްތައް ބޭނުންކޮށްގެން ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތް އުސޫލަށް ބަދަލު ގެނެސް، މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހަމަޖައްސައިފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން އިއްޔެއިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިގަންނާނީ ހަމައެކަނި މުއްދަތު ހަމަނުވާ އައިޑާ ކާޑް، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކަމަށެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ދަތުރުތައް ކުރާ ދިވެހިންނަށް ދަތުރުކުރެވޭނީ މުއްދަތު ހަމަނުވާ ލިޔުމެއް އޮވެގެންނެވެ.
ކޮވިޑާ ގުޅިގެން މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ބޭނުންކޮށްގެން ދަތުރު ކުރެވޭ ގޮތަށް ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ. ފަހުން އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް އިތުރުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު